ގޮނޑި ކާމިޔާބު ކުރެއްވި 3 ކަނބަލުން، ޑރ. އަނާރާ ނަޢީމަށާ އަސްމާ ރަޝީދަށާ ފާޠިމަތު ސަޢުދާއަށް ހޫނު މަރުޙަބާއެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 43ސ
ގޮނޑި ކާމިޔާބު ކުރެއްވި 3 ކަނބަލުން، ޑރ. އަނާރާ ނަޢީމަށާ އަސްމާ ރަޝީދަށާ ފާޠިމަތު ސަޢުދާއަށް ހޫނު މަރުޙަބާއެއް!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރެއްވި 43 އަންހެން ކެންޑީޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނަޢީމަށާއި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާޠިމަތު ސަޢުދަށާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދަށެވެ. 

ޑރ. އަނާރާ ނަޢީމް ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ފާޠިމަތު ސަޢުދާ އާއި އަސްމާ ރަޝީދު ވާދަކުރެއްވީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޓިކެޓްގައެވެ. 

ވީމާ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ އެއްވެސް އަންހެން ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބުކުރެވިފައެއް ނުވެއެވެ. ގޮނޑި ކާމިޔާބު ނުކުރެއްވުނު އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހުގެ ނައިބްރައީސް އީވާ ޢަބްދުﷲ އާއި ޖީހާން ހިމެނޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން