20 ވަނަ މަޖިލީހުން ފެނިގެންދާނީ އުފެއްދުންތެރި މަސައްކަތެއް ކުރަމުންދާތަން: ޢަބްދުއްރަޙީމް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 6ސ
20 ވަނަ މަޖިލީހުން ފެނިގެންދާނީ އުފެއްދުންތެރި މަސައްކަތެއް ކުރަމުންދާތަން: ޢަބްދުއްރަޙީމް

20 ވަނަ މަޖިލީހުން ފެނިގެންދާނީ އުފެއްދުންތެރި މަސައްކަތެއް ކުރަމުންދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަނުން އަބްދުއްރަޙީމް ވިދާޅުވީ 20 ވަނަ މަޖިލިސް ވެގެންދާނީ ވަރަށް ތަފާތު މަޖިލީހަކަށް ކަމަށާއި އެ މަޖިލީހުގައި ތަޖުރިބާކާރު އެތައް ބަޔަކު ތިއްބަވާއިރު މަޖިލީހުން ފެނިގެންދާނީ އުފެއްދުންތެރި މަސައްކަތެއް ކުރަމުންދާތަން ކަމަށެވެ.

"ސަރުކާރު ހިންގަނީ ޕީއެންސީން. މަޖިލިސް ސުޕަ މެޖޯރިޓީ މިއޮތީ ޕީއެންސީއަށް. އެހެންވީމަ އަޅުގަނޑުމެން ދެ ފަރާތުން ވާހަކަދެކެވިގެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ބިލެއް މަޖިލީހަށް އަންނާނީ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއް ވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ލާބަޔާއި މަންފާއަށް ގެންނަ ބިލަކަށް. އެފަދަ ބިލެއް މަޖިލީހުގެ ގަވާއިދުގެ ދަށުން ބަހުސްކުރެވި އިސްލާހުތަކާއެކު ފާސްކުރުން އެއީ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރަބަރ ސްޓޭންޑް ޖެހުން ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ރައްޔިތުން މެޖޯރިޓީ ދިނީ ސަރުކާރަށްކަމަށާއި، އެ ވޯޓުން ހާމަވީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ކަމަށެވެ. 

މިއަދު އޮންލައިން