ގިރާވަރުފަޅުން ގުޅިފަޅަށް ގެ ބަދަލުކުރަން 1914 މީހުން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގިރާވަރުފަޅުން ގުޅިފަޅަށް ގެ ބަދަލުކުރަން 1914 މީހުން އެދިއްޖެ!

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތި، ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތުގައި 1914 މީހުން އެދިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާާގުޅިގެން އެ މިނިސްޓްރީން ބުނެފައިވަނީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުވުމަށް ހުޅޫވާލި ފުރުސަތުގައި 1913 މީހުން އެކަމަށް އެދި ހުށައަޅާފައިވާކަމަށާއި އެންމެ ގިނަ މީހުން ހުށައަޅާފައިވަނީ 1250 އަކަފޫޓްގެ ގޯތިތައް ބަދަލުކުރުމަށްކަމަށެވެ.

މިނިސްޓްރީން ކަނޑައެޅި އަދަދަށްވުރެ މަދުން ފޯމު ހުށައަޅާފައިވާތީ، 2050 އަކަފޫޓު އަދި 2450 އަކަފޫޓުގެ ގެތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް 1250 އަކަފޫޓު އަދި 1650 އަކަފޫޓުގެ ކެޓަގަރީން، ޖުމްލަ 856 ފުރުޞަތު ނަމަވެސް އިތުރަށް 841 މީހުން ފޯމު ހުށައެޅި ކަމަށެވެ. 

އެހެންކަމުން ކަނޑައެޅި އަދަދަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައިވާތީ މި ދެ ކެޓަގަރީން ފޯމު ހުށައެޅި މީހުންގެ ތެރެއިން، ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ އެކަމަށް ނަގާ ގުރުއަތަކުންނެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އިޢުލާނުކުރާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދުމަށް ހުޅުވާލު ފުރުސަތު ހަމަވީ މިމަހުގެ 18 ވަނަދުވަހުއެވެ. 

މިއަދު އޮންލައިން