އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފި

އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް ނޭޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަމާގުޅިގެން އެންޑީއެމްއޭ އިން ބުނެފައިވަނީ އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ފޭދޫގެ 40 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި އެހީ ފޯރުކޮށްދިނުމަށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

5 ގެއަކަށް ގެއްލުންވެ މީހުން ބަދަލު ކުރަން ޖެހުނު ކަމަށާއި އޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު 3 ގެއެއްގެ މީހުން އެ މީހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން