"އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
"އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް އަންގައިފި

"އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

މިކަމާގުޅިގެން އެމް.އެފް.ޑީ.އޭއިން ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވީ، އެވަރެސްޓް އަދި އެމް.ޑީ.އެޗް ބްރޭންޑުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރިކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް އަސަރުކޮށްފައިވާ މި ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށެވެ.

އަދި އެ އުފެއްދުންތައް ބާޒާރުން ނެގުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ. އެތަލިން އޮކްސައިޑަކީ އޭގައި ފޮނި ވަހެއް ހުންނަ، އަލިފާން ހިފާ ޒާތުގެ ގޭހެކެވެ.

މިއަދު އޮންލައިން