ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެއްޖެ!

ފުލުހުންގެ ސީނިއަރ އޮފިސަރެއްކަމަށްވާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ވ. ނަސީމާ މަންޒިލް މުޙައްމަދު ޒިޔާދު ނިޔާވި އިރު އުމުރަކީ 44 އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔާދު ފެނުނީ ގޭގެ ސޯފާއެއްގެ ކައިރިއަށް ވެއްޓިފައި އޮއްވައެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދެވުނު އިރުވެސް ޒިޔާދު ވަނީ ނިޔާވެފައި ކަމަށް އާއިލާއާއި އެކުވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ،

ޒިޔާދު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ޒިޔާދުގެ ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުގައި، ހުޅުމާލޭ ސަހަރާގައެވެ. ޒިޔާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދުގެ ޢަޞުރު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތް، މަސްޖިދު ޒައިދު ބިން ޘާބިތުގައެވެ.

 

މިއަދު އޮންލައިން