ދިގު މުއްދަތަށް ހިދުމަތް ކުރުމުން ސިފައިންނަށް ގެދޮރު މިލްކޮށްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ދިގު މުއްދަތަށް ހިދުމަތް ކުރުމުން ސިފައިންނަށް ގެދޮރު މިލްކޮށްދެނީ

ދިގު މުއްދަތަކަށް ސިފައިން ގޭގައި ޚިދުމަތް ކުރާ އޮފިސަރުންނަށް ގެދޮރު މިލްކު ކުރެވޭ ގޮތަށް ކަނޑައަޅަން ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ސްކޫލް ނިންމުމަށްފަހު ސިފައިންގެ ހިދުމަތުގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ގޮސް ރިޓަޔާ އުމުރާ ހަމައަށް ދެވިއްޖެނަމަ ރިޓަޔާ ކުރާނީ އާއިލާއާއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ކަމަށެވެ. އެކަން ކަށަވަރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވެރިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް،" ޣައްސާން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ހިލޭ ބޭސްފަރުވާ އާއި އެހެނިގެން ފަސޭހަތައް ދައުލަތުން މިހާރުވެސް ވަނީ ސިފައިންގޭގައި މަސައްކަތް ކުރާ އޮފިސަރުންނަށް ހަމަޖައްސައިދީފައެވެ.

މިއަދު އޮންލައިން