ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓޭ: ހީނާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓޭ: ހީނާ

ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުފެނުނު ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އެ މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ.

"ފުށިދިއްގަރުފަޅު މަޝްރޫޢު ނުހުއްޓޭ. ތިބޭފުޅުންނަށް ހިއްކުމުގެ މަސައްކަތް ނުފެނުނަމަވެސް އެމަޝްރޫޢާގުޅޭ މަސައްކަތްތައް އެބަކުރިއަށްދޭ. ރައީސް ވިދާޅުވި ތާރީޚަށް މަޝްރޫޢު ކުރިއަށްދާނެ." ހީނާ ވަލީދު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަނުގައި "ރަސްމާލެ"ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ އިކޯސިޓީ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.

މިއަދު އޮންލައިން