ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތަކާއި، އިސްލާޙުތައް މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން: ހީނާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތަކާއި، އިސްލާޙުތައް މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން: ހީނާ

ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތަކާއި، އިސްލާޙުތައް މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްފާސަން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ ''ހަފްތާ-14'' ގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މުހިންމު ޤާނޫނުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޖިނާޢީ އަދުލުގެ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ހިންގުމުގެ ނިޒާމާ ގުޅޭ ޤާނޫނުތައް ހިމެނޭކަން ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރުވެސް ކޮމެޓީ މަރުޙަލާގައި ތާށިވެފައި ހުރި ޤާނޫނުތަކާއި އިސްލާޙްތައްވެސް ކުރިއަށްއޮތް ދައުރުގައި ނިންމުމަށްޓަކާ އިސްކަމެއް ދެއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކާ ގާތްގަނޑަކަށް 200 އެއްހާ ޤާނޫނު އެކުލަވާލަންޖެހޭކަން ފާހަގަކޮށް ހީނާ ވިދާޅުވީ އެ ޤާނޫނުތަކާއި އިސްލާހުތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް މި ދައުރުގައި ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން