އުރީދޫއާއެކު ޓިކްޓޮކް ރަސްމީކޮށް ދިވެހިރާއްޖެއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އުރީދޫއާއެކު ޓިކްޓޮކް ރަސްމީކޮށް ދިވެހިރާއްޖެއަށް!

އުރީދޫ މޯލްޑިވްސް ޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގައި ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ.

މިޕާޓްނަރޝިޕާއެކު އުރީދޫއިން ރަސްމީކޮށް ޓިކްޓޮކަށް ރާއްޖެއަށް މަރުހަބާ ކިޔައިފިއެވެ. މި ޕާޓްނަރޝިޕް އިއުލާނުކުރެވުނީ މިރޭ (28 އެޕްރީލް 2024)ގައި އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު އިވެންޓުގައެވެ. މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވާރކުގައި ޓިކްޓޮކް ބޭނުންކުރާފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއަރކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެއެވެ.

ހަމަމިއާއެކު، އުރީދޫއިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއްވެސް މި އިވެންޓްގައި ވަނީ ލޯންޗްކޮށްފައެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރަމެވެ.

"އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނަރޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެކެވެ. ޓިކްޓޮކާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ." ޚާލިދު އަލް-ހަމާދީ، ސީއީއޯ، އުރީދޫ މޯލްޑިވްސް. 

މިއަދު އޮންލައިން