އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކޮށް، ކުރިއެރުވުމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފިއެވެ.

މާލީ ވަޒީރު މުޙައްމަދު ޝަފީޤް މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓްގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ޑރ. ސާމީ އަލް ސުވައިލަމްއާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެހީތެރިވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރު ޑރ.ޝަފީގުގެ އަރިހުގައި މި ބައްދަލުވުންތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން