8 ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 55ސ
8 ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ސަރުކާރުން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވުމުން 8 ސަފީރަކަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ. 

ކޮމިޓީން ރުހުން ދިން 8 ބޭފުޅުންނަކީ، ޔޫއޭއީ އަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު)، އިނގިރޭސި ވިލާތަށް އިރުތިޝާމް އާދަމް، އދ. އަށް އަލީ ނަސީރު މުހައްމަދު (އަލިނީ)، ސްރީ ލަންކާއަށް މަސްއޫދު އިމާދު، މެލޭޝިއާއަށް މަރިޔަމް ޝަބީނާ އަހުމަދު، ބެލްޖިއަމް އާއި އީޔޫ އަށް ގީލާ އަލީ، ސިންގަޕޫރަށް މުހައްމަދު ލުވެއިޒު، އަދި ޖެނީވާ އަށް ޑރ. ސަލްމާ ރަޝީދު އެވެ.

ސަފީރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިދިޔަ މި މަހުގެ 23 ގައެވެ.

ސަރުކާރުން 10 ސަފީރަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވިއެވެ. ނަމަވެސް އަދި ދެ ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ޚަރިޖީ ގުޅުންތަކުގެ ކޮމިޓިން ނުނިންމައެވެ.

މިއަދު އޮންލައިން