ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރާނަން: މިނިސްޓަރ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރާނަން: މިނިސްޓަރ

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރާނެކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެެއެވެ.

"އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރަށްވާނެ ކަމަށާޢި އެގޮތުން އެމައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ނިންމާފައިވާ ކަމަށެވެެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފަށާނެ ކަމަށާއި ބިދޭސީންގެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ހުރިހާ އިދާރާއަކަށް މިހާރު ބިދޭސީންނާއި ގުޅޭ މައުލޫމާތުތަކުގެ އެކްސަސް ދީފައިވާނެކަމަށެވެ. އަދި ބިދޭސީން ގެންނަ ފަރާތުން އެހެން މީހެއްގެ ބެލުމުގެ ދަށަށް ބިދޭސީ މީހާ ބަދަލުކުރާނަމަ މަރުހަލާތައް އުނދަގޫވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އެކަން ކުރާ ކަމަށާއި ނަމަވެސް ހުރިހާ ބިދޭސީންގެ މައުލޫމާތު ނެގުމަށްފަހު އެގޮތަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ފަސޭހަތައް ލިބިގެންދާނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފައްޓަވަން ނިންމާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކާއެކު ކުރިއަށް އޮތްތަނުގައި އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައިނުވާ ލޭބަރުންގެ ޑިމާންޑް އިތުރުވާނެއިރު އެފަދަ ލޭބަރުން ގަވާއިދާ އެއްގޮތަށް ރާއްޖެއަށް އެތެރެވާކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތައް ކުރެވޭނެ ކަމަށާއި 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.

މިއަދު އޮންލައިން