ދިވެހި ބަޔަކާއި އިންޑިއާ ބަޔަަކާ ދެމެދު ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީ ގައި އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާގުިގެން ފުލުހުން ބުނެފައިވަނީ ޕާކުގައި އެ މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 21:00 ހާއިރު ކަމަށާއި އިންޑިއާ ބަޔަކާއި ދިވެހިންގެ ބަޔަކާ ދެމެދު ހިންގި ހަމަނުޖެހުމެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ދެ މީހަކަށް އަނިޔާވެގެން އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހަމަނުޖެހުމުގައި އެއްވެސް ކުޑަކުއްޖަކު ބައިވެރިވެފައިނުވާކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.