ތުލުދުސްދޫ އިން އިޒްރޭލު ފަތުރުވެރިއަކު ބާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ތުލުދުސްދޫ އިން އިޒްރޭލު ފަތުރުވެރިއަކު ބާލައިފި!

ޗުއްޓީ ހޭދަކުރަން ގޮސް ހުރި އިޒުރޭލު ޓޫރިސްޓަކު ތުލުސްދޫއިން ބާލައިފިއެވެ.

މިހާދިސާއާ ގުޅިގެން އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވެފައިވަނީ އިޒްރޭލުގެ އެ އަންހެން ފަތުރުވެރިޔާ އަކީ އެކަނި އެ ރަށަށް ގޮސް އުޅުނު ބްލޮގަރެއް ކަމަށާއި އޭނާގެ ބްލޮގުގައި ރާއްޖެ އައިސް އުޅޭ ވާހަކަތައް ހިއްސާކުރި ކަމަށެވެ.

އޭނާއަކީ އިޒްރޭލު މީހެއްކަން އެނގުމުން ރަށު ރައްޔިތުން ގެސްޓްހައުސްގެ ވެރިމީހާއާ ވާހަކަ ދެއްކި ކަމަށާޢި އަދި، ގެސްޓްހައުސްގެ ވެރިމީހާގެ ފަރާތުން ވެސް އޭނާ ބާލުއްވަން އެއްބާރުލުން ލިބުމުން އެންމެ ފުރަތަމަ އޮތް ލޯންޗުން އޭނާ ހުޅުލެއަށް ފޮނުވާލިކަމަށް ޝަހީމް ވިދާޅުވިއެވެ.

ތުލުސްދޫއަށް އިޒްރޭލު ފަތުރުވެރިން އެރުން މަނާކުރީ، މިދިޔަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގެ ސަބަބުންނެވެ.

މިއަދު އޮންލައިން