އެމްއައިއެފްއެސްއޭގެ ޗެއާޕާސަންގެ މަގާމަށް ޖިހާދު އައްޔަން ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެމްއައިއެފްއެސްއޭގެ ޗެއާޕާސަންގެ މަގާމަށް ޖިހާދު އައްޔަން ކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިދާރާގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވަނިން ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާކަމަށާއި އެ އިދާރާގެ ޗެއަޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ޢައްޔަން ކުރައްވާފައިވާކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު، ޖިހާދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

މިއަދު އޮންލައިން