ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ޑިޕޯޓުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ޑިޕޯޓުކުރަނީ!

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ޑީޕޯޓްކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލައަށް ހައްލެއް ލިބޭނީ ގިނަދުވަސްތަކެއް ވަންދެން، ހުއްޓުމެއް ނެތި ގާނޫނު ތަންފީޒު ކޮށްގެން ކަމަށެވެ.

"ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފަ، އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު، މިމައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންވެސް މިފަހުން ވިދާޅުވެފައެވެ.

މިއަދު އޮންލައިން