އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން އިއްޔެ އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރިން 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެސްޓީއޯއަށް ލިބުނު އާމްދަނީގެ 83 ޕަސެންޓު (ގާތްގަނޑަކަށް 3.7 ބިލިއަން ރުފިޔާ) އަކީ އެ ކުންފުނީގެ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. އެ ނޫން ވިޔަފާރިތަކުން ލިބުނީ 763 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކާފައިވާ ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމެވެ.

އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއަކީ ދައުލަތުން 82 ޕަސެންޓު އަދި ބާކީ އާންމުން ހިއްސާވާ ޕަބްލިކް ކުންފުންޏެކެވެ.

 

މިއަދު އޮންލައިން