މާލެ ސަރަހައްދުން ޗިކުންގުންޔާ ޖެހުނުމީހުންގެ އަދަދު 130 އަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މާލެ ސަރަހައްދުން ޗިކުންގުންޔާ ޖެހުނުމީހުންގެ އަދަދު 130 އަށް!

މާލެ ސަރަހައްދުން ޗިކުންގުންޔާ ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 130 އަރައި ޖުމްލަ 134 އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

މިކަމާގުޅިގެން އެޗް.ޕީ.އޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ ޗިކުންގުންޔާގެ 130 ކޭސްއެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން 96 ކޭސް އަދި ހުޅުމާލެއިން 34 ކޭސް އެވެ. ބާކީ 4 ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ ފަރާތްތަކެވެ. އަދި ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތައް ކަމަށް އެޗް.ޕީ.އޭއިން ފާހަގަކުރެއެވެ.

 

މިއަދު އޮންލައިން