ފަތުރުވެރިކަން ކުރިއެރުމުގައި މަސައްކަތްތެރިން މުހިއްމު ދައުރެއް އަދާކުރޭ: ވަޒީރު ފައިސަލް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 51ސ
ފަތުރުވެރިކަން ކުރިއެރުމުގައި މަސައްކަތްތެރިން މުހިއްމު ދައުރެއް އަދާކުރޭ: ވަޒީރު ފައިސަލް

ފަތުރުވެރިކަން ކުރިއެރުމުގައި މަސައްކަތްތެރިން މުހިއްމު ދައުރެއް އަދާކުރާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރާ މަސައްކަތްތެރިންގެ ދައުރު ފަތުރުވެރިކަން ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ޓުއަރިޒަމް ދާއިރާގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ މަސައްކަތްތެރިންނަށް ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

ފަތުރުވެރިކަމުގެ ސިނާޢަތުގައި 22،000 އަށް ވުރެ ގިނަ ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

މިއަދު އޮންލައިން