މިއަހަރުގެ ފުރަތަމަ 3 މަހު ކައިވެނިކުރި އަދަދު ބޮޑުތަނުންމަދުވެ ވަރިކުރި ޢަދަދު ކުޑަމިންވަރަކުން މަދުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަހަރުގެ ފުރަތަމަ 3 މަހު ކައިވެނިކުރި އަދަދު ބޮޑުތަނުންމަދުވެ ވަރިކުރި ޢަދަދު ކުޑަމިންވަރަކުން މަދުވެއްޖެ!

މިއަހަރުގެ ފުރަތަމަ 3 މަހު ކައިވެނިކުރި އަދަދު ބޮޑުތަނުންމަދުވެ ވަރިކުރި ޢަދަދު ކުޑަމިންވަރަކުން މަދުވެފައިވާކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިއަ 2023 ވަނަ އަހަރާއި މިއަހަރުގެ ފުރަތަމަ 3 މަހާއި އަޅާބަލާއިރު ކުރެވުނު ކައިވެނީގެ ޢަދަދު ވަނީ 72 މަދުވެފައެވެ. ވަރިކުރި ޢަދަދު ވަނީ 11 މަދުވެފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި 618 ކައިވެންޏާއި ވަރީގެ 340 މައްސަލަ ވަނީ ނިންމާފައެވެ. މި އަހަރުގެ ފުރަަތަމަ 3 މަހަށް ބަލާލާއިރު 546 ކައިވެނިކޮށްދީފައިވާއިރު، ވަރީގެ 329 މައްސަަލައެއް ވަނީ ނިންމާފައެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަހު ކައިވެނި ކުރި މީހުންގެ އަދަދު 12 އިންސައްތަ މަދެވެ. އަދި ވަރީގެ އަދަދުވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 3.2 އިންސައްތަ މަދުވެފައެވެ.

މިއަދު އޮންލައިން