ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް އިތުރު ޑިސްކައުންޓެއް ދޭން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް އިތުރު ޑިސްކައުންޓެއް ދޭން ނިންމައިފި

ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް އިތުރު ޑިސްކައުންޓެއް ދޭން ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "އެކްސް" ގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން މިހާރު ނިންމާފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ 10ގައި ރަމަޟާން ނިމުނުއިރު އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އެހެންކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން