ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވުމުން ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވުމުން ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ-

انا لله وانا اليه راجعون 

ޚިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކުއެވެ.

ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެކެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެކެވެ. ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ. 

މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން.

- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ޑރ. ރަމްޝާ އަވަހާރަވީ ކަރުންމަތީގެ ބަލިތަކުގެ ޚާއްޞަ ޑޮކަޓަރަކަށްވެވަޑައިގަތުމަށް ބެންކޮކުގައި ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށް ކެންސަރުބަލީގައެވެ. ބަލިހުރިކަން އެނގިފައިވަނީވެސް ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށެވެ. 

ޑރ. ރަމްޝާ ވަނީ ކެންސަރުބަލީމީހުންނަށް ހިތްވަރުދެއްވައި ހިތްވަރުދެއްވުމަށް ރާއްޖޭގެ ކެންސަރު ސޮސައިޓީގައިވެސް ޚިދުމަތްކުރައްވައިފައެވެ. 

މިއަދު އޮންލައިން