ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ބެލުމަށް ''ހެޕިނެސް އިންޑެކްސް'' އެއް އެކުލަވާލައި އެވޯޑު ދެނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ބެލުމަށް ''ހެޕިނެސް އިންޑެކްސް'' އެއް އެކުލަވާލައި އެވޯޑު ދެނީ

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ބެލުމަށް ''ހެޕިނެސް އިންޑެކްސް'' އެއް އެކުލަވާލައި އެވޯޑު ދިނުމަށް ހާއްސަ މަޝްރޫއެއް ފައްޓަވަން ނިންމަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އުފާވެރިކަން ހުރި މިންވަރު ބަލަން "ހެޕިނަސް އިންޑިކްސް" ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށާފައިވާކަމަށާއި ސަރުކާރުން މި މަސައްކަތް ކުރަނީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އުފާވެރިކަން އެރަށް ރަށުގެ ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށް ކުރާ މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރާނީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކޮށް ވަރަށް ބޮޑަށް ހުޅުވާލައިގެން އެކުލަވާލެވޭ އޮނިގަނޑެެއްގެ ތެރެއިންކަމަށާއި މި އޮނިގަނޑު އެކުލަވާލެވޭނީ އެވޯޑްވެސް ދޭ ގޮތަށްކަމަށެވެ.

މިމަޝްރޫއުގެ މަސައްކަތް މިއަހަރު ތެރޭގައި ފައިނަލް ކުރެވި އަންނަ އަހަރު އަމަލީ ގޮތުން މި މަަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން