އދ ގެ ސެކިޔުރިޓީ ކައުންސިލުގެ އެންމެ މެންބަރަކު ދޭ އެންމެ ވޯޓަކާހުރެ ދުނިޔޭގެ ގިނަ ބައަކު ބޭނުންވާ ގޮތް ބާޠިލްވުން ރާއްޖެއިން ޤަބޫލުނުކުރާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން އދ ގައި ރާއްޖެއިން ހާމަކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ދެއްކެވި ވާހަކަފުޅުގައެވެ.
ވާހަކަފުޅުގެ ކުރު ޚުލާޞާއެއް:
18 އޭޕްރީލްވީ ދުވަހު ސެކިއުރިޓީ ކައުންސިލްގައި ބޭއްވުނު ވޯޓް އާމެދު ބަހުސް ކުރުމަށް ސެކިއުރިޓީ ކައުންސިލްގެ މި ބައްދަލުވުން ބޭއްވެވީތީ ޝުކުރިއްޔާ.
އަޅުގަނޑުމެން މިއަދު މިތާ މިތިބީ ސެކިއުރިޓީ ކައުންސިލްގެ އެންމެ ވޯޓެއްގެ ސަބަބުން ފަލަސްތީނު، ޔުނައިޓެޑް ނޭޝަންސްގެ ފުރިހަމަ މެންބަރަކަށް ވުން ހިއްޓުވިފައިވާތީ. ފަލަސްޓީނަށް އިންސާފު ހޯދުމަށް ގޮވާ ގޮވުން އެންމެ ވޯޓަކުން ވޯޓަކުން ބާތިލް ކޮށްލުން އެއީ ލަދުވެތި ކަމެއް.
ސެކިއުރިޓީ ކައުންސިލްގެ 12 މެންބަރު ޤައުމު ހިމެނޭހެން މި ޖެނެރަލް އެސެމްބްލީގެ 140 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުން ގޮވާލިގޮވާލުމެއް. ޔުނިވަރސިޓީތަކާއި މަގުތަކާއި އދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހަވެރިކަމައިއެކު މުޖާހަރާ ކުރަމުންދާ އެތައް މިލިއަން ބަޔަކު ގޮވަމުންދާ ގޮވުން.
އެކަމަކު އެންމެ ޤައުމެއް، ޔުނައިޓެޑް ނޭޝަންސްގެ 193 މެންބަރު ޤައުމުތަކުގެ ތެރެއިން ހަމަ އެންމެ ޤައުމެއް އިންސާފަށް އެދި ކުރާ އެ އާދޭހަށް ދެކޮޅުހެދި. ބަލައިގަތުމަށް އެދި ރޯރުއިން، އަމިއްލަވަންތަކަމަށް އެދި ކުރާ އާދޭސް. އެ 1 ވޯޓާއި އެކު ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލް އަނެއްކާވެސް ފެއިލްވެއްޖެ. އެ އިދިކޮޅު ވޯޓާއިއެކު އިސްރާއީލްގެ ޤަތުލްއާއްމު ހުއްޓުވުމަށް ސެކިއުރިޓީ ކައުންސިލް ފެއިލްވެއްޖެ.
އަޅުގަނޑުމެން މި ވާހަކަދައްކަމުންދާއިރުވެސް، ފަލަސްތީނުގައި އިސްރާއީލުން ދަނީ ބޮޑެތި ޤަތުލްއާއްމުތައް ކުރިއަށް ގެންދަމުން. އެ އަނިޔާވެރި، ރަޙުމްކުޑް، ބިރުވެރި ޢަމަލްތައް ހަމަރެމެން ހަމަލޮލަށް ދެކެފައިވާފަދައިން ތަރީޚުގައި ދަނި ފެވެމުން. ފަލަސްތީނު ރައްޔިތުންގެ ހަށިތައް ދަނީ ބިޔަ ޤަބުރުތަކުގައި ވަޅުލެވެމުން. ފަލަސްތީނުގެ އާޢިލާތައް ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން ކޮނެ ނަގަމުންދަނި ކުޑަކުދިން އެކުދިންގެ އަމިއްލަ އަތުން. މީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އަޅާނުލާ ދޫކޮށްލެވެން އޮތް ކަމެއް ނޫން. ފަލަސްތީނުގެ މިހާރުގެ ޙާލަތު ނޭނގޭކަމަށް ބުނެވޭކަށް ސެކިއުރިޓީ ކައުންސިލަކަށް ނެތް.
ފަލަސްތީނުގެ މިލިއަނަކަށްވެރެ ގިން އާންމުން އަނިޔާވެރިކަމާއިއެކު ރެފިޔުޖީންނަށް ހަދާލުމަށްފަހު ރަފާ ސިޓީއަށް ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތަކަކީ ޤަތުލްއާއްމް އެއަކަމުގެ އަލާމާތެއް.
ކައުންސިލުން ފިޔަވަޅު ނޭޅުމުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަމާއި ބިރުވެރިކަން އިތުރުވެ އެކަން ވަނީ އާންމުވެފަ.
1994 ގައ ރުވެންޑާގައި ހިނގި ޤަތުލްއާއްމް އަދި 1995 ގައި ބޮސްނިއާގެ ސުރެބްރެނިކާގައި ހިނގި ޤަތުލްއާއްމު ހުއްޓުވުމަށްވެސް ކައުންސިލް ފެއިލްވެފައި ވާކަން ހަނދާން ކޮށްދޭކަށް ނުޖެހެއެވެ. އެހެންކަމުން މިހާރު މީ މި އެސެމްބްލީއިން އިދިކޮޅު ވޯޓް އަށް ނޫނެކޭ ބުނަންވީ ވަޤުތު.
މި ވޯޓް މިވަނީ އިސްރާއީލުގެ މި ޖަރީމާ ކުރިއަށް ގެންދިޔުމާޢި، ނުގަވާއިދުން ބާރުގެ ބޭނުން ކުރުމައި، ނުގަވާއިދުން ކަންކަން ނިންމުމަށް ބާރުދޭ އެއްޗަކަށްވެފަ. އަދި އެ މިވަނީ ޤަތުލްއާންމު ހިންގުމަށް ގެންގުޅޭ ހަތިޔާރަކަށްވެފަ.
މެދުއިރުމައްޗަށް ދާއިމީ ހައްލެއް ލިބެން އޮތް ހަމައެކަނި ގޮތަކީ އިސްރާއީލް އިން ފަލަސްތީނު ބަލައިގަނެ، ފަލަސްތީނުގެ ޤައުމީވަންތަކަމަށް އިޙްތިރާމް ކުރުން. އިސްރާއީލުން ފަލަސްތީނުގެ ބިންތައް އަނބުރާ ދީ، އަދި 1948 ވަނަ އަހަރުންފެށިގެން އެމީހުންގެ ގެތަކުން ނެރެލާފައިވާ ފަލަސްތީނުގެ ރެފިޔުޖީން އަނބުރާ އައުމުގެ ހުއްދަ ދޭންޖެހޭ.
މިކަން ޙާޞިލް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވޯޓް. އަޅުގަނޑުމެން އެބަޖެހޭ މުޅިންހެން އެ ނައްތާލަން
... ޝުކުރިއްޔާ ....