ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރާ ނަބީލް ގެ ބަންދަށް 15 ދުވަސްޖަހައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރާ ނަބީލް ގެ ބަންދަށް 15 ދުވަސްޖަހައިފި

ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރާ ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) ގެ ބަންދަށް 16 ދުވަސް ޖަހައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ވިދާޅުވީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އަލުން އޭނާ ހައްޔަރުކޮށްފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށް ފަހު އަނެއްކާވެސް ޓިކްޓޮކުގައި އެފަދަ ވީޑިއޯ އާންމުކޮށް، އަންހެން ހެދުމާއެކު ލައިވްތަކަށް އަރަން ފެށުމުންނެވެ.

މިއީ އޭނާ ހައްޔަރުކުރި ތިންވަނަ ފަހަރެވެ. 

މިއަދު އޮންލައިން