ބިލު ދެއްކިމީހުންނަށް އަންނަމަހުގެ ބިލުން ޑިސްކައުންޓް ދޭނަން: ފެނަކަ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ބިލު ދެއްކިމީހުންނަށް އަންނަމަހުގެ ބިލުން ޑިސްކައުންޓް ދޭނަން: ފެނަކަ

ޑިސްކައުންޓް ހިމެނޭ ބިލް ފޮނުވުމުގެ ކުރިން ބިލު ދެއްކިމީހުންނަށް އަންނަމަހުގެ ބިލުން ޑިސްކައުންޓް ދޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަމާގުޅިގެން ފެނަކައިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައިކަމަށެވެ.

ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން