ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބިއްޖެ!

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ.

އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 76.2 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. މިއީ 40.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާއެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާއެވެ.

މިއަދު އޮންލައިން