ފަތުރުވެރިންގެ ކުރިމަތީގަ ބިރުވެރިކަން އުފެދޭގޮތަށް މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފަތުރުވެރިންގެ ކުރިމަތީގަ ބިރުވެރިކަން އުފެދޭގޮތަށް މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކުރިމަތީގައި ބިރުވެރިކަން އުފެދޭގޮތަށް މާރާމާރީ ހިންގި މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެފައި އޮންނަނީ އަމާން މަންޒިލެއްގެ ގޮތުގައެވެ. މިފަދަ ކަންކަން ކުރާތަން ފަތުރުވެރިންނަށް ފެނުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ފަތުރުވެރިކަމަށް ގެއްލުންވެ ރާއްޖޭގެ އިޤްޠިޞޯދަށް ބޮޑެތި ގެއްލުންތައް ކުރާނެ ކަމެކެވެ. 

އެކަނަކުރީ ކޮން ޤައުމެއްގެ މީހަކުކަން ފުލުހުން ހާމަނުކުރުމުން މީޑިއާ އޮފިޝަލާއި ސުވާލުކުރުމުންވެސް އަދިވެސް ޖަވާބެއް ނުލިބެއެވެ. 

ފުލުހުންގެ ބަސް: 

"މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި މާރަމަރީ ހިންގި ކަމަހް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހޫންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މި މައްސަލަ ފުލޫހުން ދަނީ ތަހުގީގު ކުރަމުން" 

މިއަދު އޮންލައިން