މަސްވެރިކަމާބެހޭ ކޮލެޖްގެ ކޯސްތައް އޯގަސްޓްގައި ފަށަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
މަސްވެރިކަމާބެހޭ ކޮލެޖްގެ ކޯސްތައް އޯގަސްޓްގައި ފަށަނީ!

މަސްވެރިކަމާބެހޭ ކޮލެޖްގެ ކޯސްތައް އޯގަސްޓްގައި ފަށާނެކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.

މިކަމާގުޅިގެން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖެ ގާއިމުކޮށް ފުރަތަމަ މަރުހަލާގައި ކުރު ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށާޢި މި ކޮލެޖު ގާއިމުކުރުމާ އެކު އެމްއެންޔޫގައި މިހާރު ހިންގާ މަސްވެރިކަމާ ގުޅޭ އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ އެ ކޮލެޖުން ކަމުގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިއަދު އޮންލައިން