ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދުގެ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް ކުރިއެރުންއަންނަނީ ލިބެމުން! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދުގެ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް ކުރިއެރުންއަންނަނީ ލިބެމުން! އިން ޝާ ﷲ

ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދުގެ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް ކުރިއެރުންއަންނަނީ ލިބެމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

ކޮންމެ 3 މަހަކު އެމް.އެމް.އޭއިން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައި ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ފިޔަވައި، ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެހެން ހުރިހާ ދާއިރާއަކުން ވަޒީފާތައް އުފެއްދި މިންވަރު ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ކުރިއެރުން ލިބިފައިވަނީ މަޑު ދުވެއްޔެއްގައެވެ. އެގޮތުން ފަތުރުވެރިކަމުގެ އާމްދަނީ އިންޑެކްސް 80 އިން 63 އަށް ވަނީ ދަށްވެފައެވެ. އަދި ރިސޯޓު ބުކިންގ ވަނީ 63 އިން 26 އަށް ދަށްވެފައެވެ.

މީގެއިތުރުން އިމާރަތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ކުންފުނިތަކުން ލަފާކުރަނީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

އެމް.އެމް.އޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން ނެރޭ ރިޕޯޓެކެވެ. 

މިއަދު އޮންލައިން