އަވަލައިގެން އުޅުނު ޖިންނި ކުއްޖެއްގެ ހަށިގަނޑުގެ ތެރެއަށް ވަނީމަ ބަންގިގޮވުމުން ކުއްޖާ ދޫކޮށްފައި ބުއްރޫސްޖަހަމުން ދުވެދިއަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 56ސ
އަވަލައިގެން އުޅުނު ޖިންނި ކުއްޖެއްގެ ހަށިގަނޑުގެ ތެރެއަށް ވަނީމަ ބަންގިގޮވުމުން ކުއްޖާ ދޫކޮށްފައި ބުއްރޫސްޖަހަމުން ދުވެދިއަ ޙާދިސާއެއްގެ ވާހަކަ-

ﷲ ތަޢާލާ ވަޙީ ކުރައްވަނީ އެއީ ޝައިޠާނާގެ މިޘާލޭ " إذْقالَ " އޭނާބުނިހިނދޭ للإنْسَان އިންސާނާޔަށް " إُكْفُرْ"ތި ބާކާފަރުވާށޭ الله  سُبْحَانَهُ وَتَعَالى  އަށް فَلَمَّا كَفَرَ ދެން މިއިންސާނާ މޮޔަކަމުން ﷲ ތަޢާލާޔަށް ކާފަރުވަނީ "قَالَ إِنِّى بَرِيءٌ مِنْكَ " ދެން ޝައިޠާނާ ބުނަނީ ކީކޭ ތިމަންނަ ކަލެޔާ ބަރީއައޭ " إِنِّى أَخَافُ اللهَ رَبَّ الْعَالَمِيْن " ތިމަންނަ ބިރުގަނެޔޭ ޢާލަމްތަކުގެ ވެރި ރައްބައް އެބަހީ  الله  سُبْحَانَهُ وَتَعَالى އަށް.

އެހެންވީމަ އިންސާނާޔަށް ލަނޑު ދިނުމުގާ މީނާ އެބަ ވަރަށް މަސައްކަތްކުރޭ!   އަޅުގަނޑުމެނަށް އޮތް ހަތިޔާރަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން! އެކަލާނގެ މަތިން ހަނދުމަ ކޮށްފިއްޔާ ޔަޤީން ކަށަވަރު މިޝައިޠާނާ އަޅުގަނޑުމެންނާ ފެޔަށް ޖެހޭނެކަން!

ނަބިއްޔާ ގެ ޙަދީޘެއްގައި އައިސްފައިވޭ " إذَا نُودِيَ لِلصَّلاَة " ނަމާދަށް ބަންގި ގޮވާލެވިއްޖެއްޔާ ކިހިނެއްތޯ ވެގެންދަނީ أدْبَرَ الشّيْطَان ޝައިޠާނާ ދިޔައީ ދުރަށް لَهُ ضُرَاطٌ  އޭނާގެ ފުރަގަސްފަރާތުން އަޑުތަކެއް ލައްވަމުން އެއަޑު ބަންގީގެ އަޑު ﷲ ތަޢާލާޔަށް އެޛިކުރު ކުރެވޭ ޛިކުރު ކުރެވުމުގެ އަޑު ނޭހުމަށްޓަކައި އަޑު ލައްވަމުން އޭނަ ދިޔައީ ދުރަށް.

މިކަން އަޅުގަނޑުމެންނަށް ތަޖްރިބާ ވެގެންދޭ އަޅުގަނޑުމެންގެ ތެރެއިންވެސް އެކިއެކި ކަންތައްތައް މިމަގުން ގޮއްސަ ހުރީމަ. 

އަޅުގަނޑު ހަމަ މިހާހިސާބުން ތިބޭފުޅުންނާ ޙިއްޞާ ކޮށްލަން ބޭނުން އަޅުގަނޑު ދުއްތަނެއްގާ ހިނގި ކަމެއްގެ ވާހަކަ އަޅުގަނޑު ހަނދާންވަނީ އަޅުގަނޑުގެ ޢުމުރުން އޭރު 16 ނުވަތަ 17 އަހަރޭ އަޅުގަނޑުމެންގެ ގެޔަށް މިގެނެވެނީ އަންހެން ކުއްޖެއް ކުޑަކުޑަ ކުއްޖެއް 6 އަހަރުގެ ނުވަތަ 7 އަހަރުގެ އަންހެން ކުއްޖެއް އެކުއްޖާގެ މަންމަޔާއި، އެކުއްޖާގެ ދޮންބައްޕަޔާއި އެކުގާ އެކުއްޖާ މިއަންނަނީ އަޅުގަނޑުމެންގެ ގެޔަށް ރުޤްޔާ ކުރުމަށްޓަކާ. 

ކޮންމެޔަކަސް އިއްތިފާގުން މިރުޤްޔާ ކުރުމުގެ ކަންތައްތައް ހިނގިއިރުގާ އަޅުގަނޑަށް އެތަނުގާ ހުރެވުނު ބައްލަވާ އެއަންހެން ކުއްޖާ 6 އަހަރުގެ ކުއްޖެއް ނުލާހިކު ސަކަމިޒާޖުގާ ހުންނާނީ، ސަކަމިޒާޖު ހުންނާނެ އެހެންވީމާ 6 އަހަރު ކުއްޖެއް އުޅޭނީ އިށީނދެލާފަ ތެދުވެލާފަ، ހޭލަމޭލިކޮށް އުޅޭނީ، މިގޮތަށް މިކުއްޖާ އުޅެފާ ޖިންނި އޭނާގެ ގައިތެރެޔަށް ވަނުމާ އެއްކޮށް އެކުއްޖާ ކޮށިއަރައިފި. ކޮށިއެރުމާ އެއްކޮށް އެކުއްޖާ ހަމަވަގުތުން އަދަބުވެރި ވެއްޖެ ހަމަޖެހިއްޖެ ގުޑުމެއްވެސް އަރުވާނުލާ ހަމަރީތިކޮށް ބަސްއަހައިފި. 

ބައެއް ބޭފުޅުން މިޒަމާނުގާ އެބަ އިންކާރު ކުރޭ ޖިންނި މޮޔަވުމަށް އެމީހުން ބުނަނީ އެއީ އިންސާނުންގެ ސިކުނޑިއަށް ދިމާވާ ކަމެކޭ އެހެންނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުން، އިސްލާމުން، އަޅުގަނޑުމެން ޤަބޫލުކުރަނީ الله  سُبْحَانَهُ وَتَعَالىގެ ފޮތަކީ އެންމެ ޞައްޙަ ފޮތްކަން އެއްވެސްކަހަލަ ޝައްކެއް ވަސްވާހެއް ނުވާ ފޮތެއްކަން އެކަލާނގެ ބަޤަރާ ސޫރަތުގާ އަންގަވާފައިވަނީ ކީކޭތޯ؟ "الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ " ރިބާކާމީހުން ޤިޔާމަތް ދުވަހުން ކައްވަޅުން ތެދުވުމުގެ މިޘާލު ﷲ ޖައްސަވާފަވަނީ ޝައިޠާނެއް އޭނަގެ ގައިތެރެޔަށް ވަދެގެން އޭނަޔަށް ހެދޭ ނެހެދޭ ނޭނގި ތެދުވާ މީހެއްގެ މިސާލު އެނބުރެމުން ހޫރެމުން މިގޮތަށޭ ކަށްވަޅުން ތެދުވާނީ، ރިބާކާ މީހުން. އޭގެ މިސާލަކީ ޝައިޠާނާ އެމީހެއްގެ ގައިތެރެޔަށްވަދެ ޖިންނި މޮޔަވެގެން ތެދުވާ މީހާގެ މިސާލޭ ކޮންފަރާތަކުން މިވާހަކަ މިއަންގަވަނީ ﷲ ތަޢާލާ ކޮންތަނެއްގަ " ބަޤަރާ ސޫރަތުން" އެހެންވީމަ ޖިންނި މޮޔަވުމަކީ އަޅުގަނޑުމެންނަށް الله سُبْحَانَهُ وَتَعَالى ގެ ޞަރީޙަ ބަސްފުޅުން ސާބިތުވާން އޮތްކަމެއް އެއަކާމެދު ޖަދަލެއް ނުކުރެވޭނެ . 

ކޮންމެއަކަސް މިކުއްޖާޔަށް ޖިންނި އައިއްސި ޖިންނި ޙާޟިރުވެއްޖެ ދެން މިސުވާލުކުރެވެނީ ކިހިނެއްހޭ ހެދޭނީ، ޖިންނި މިކުއްޖާގެ ގައިތެރެޔަށް ވަންނަން މިދިމާވީ. ކޮންމެޔަކަސް އެކިއެކި ސުވާލުތައް ދަމުން އެއްޖިންނި މިބުނަނީ ތިމަންނައެއް ނޫނޭ މިކުއްޖާޔަށް އަވަލީ އެހެން ޖިންނިއެކޭ، އޭނަޔަކީ ޣައިރުމުސްލިމް ޖިންނިއެކޭ. ތިމަންނަޔަކީ އިސްލާމް ޖިންނިއެކޭ. އޭނާ އައީވެސް ރާއްޖެޔަކުން ނޫނޭ. އެހެން ޤައުމަކުންނޭ. އޭނާ އައީ ވެސް އޭނަޔަށް އިގެނީ އިގިރޭސިއޭ ތިމަންނަޔަކަށް ނުވެސް އެގެޔޭ އިގިރޭސިއެއް އޭނަ ވާހަކަ ދައްކަނީ އިގިރޭސިންނޭ ކޮންމެޔަކަސް ރުޤްޔާ ކުރެއްވި ބޭފުޅާ ވިދާޅުވެއްޖެ އެންމެރަގަޅޭ ދެން ތިބުނާ ޖިންނިޔެއް ބުނަނީ ކީކޭހޭ އިގިރޭސިން ކަލޭ އެބަބުނެޔޭ ކަލެޔަކަށް ނޭނގޭ އޭނަކިޔާ އެއްޗެއް އެންމެ ރަގަޅޭ މައްސަލައެއް ނެތޭ އެކަމު އިގިރޭސިން އެބުނާ އެއްޗެއް ބުނިގޮތަކަށް ނިކަން ބުނެދީބަލާށޭ!  

ބުނީމާ "ސުބްޙާނަﷲ" އަޅުގަނޑު ހަމަ އަންތަރީސްވެގެންދިޔަ. الله سُبْحَانَهُ وَتَعَالى ގެ ޛާތުފުޅާ އަޅުވާފާ ހަމަސީދާ ކުފުރުގެ ބަހެއް ބުނީ އަޅުގަނޑަކަށް ލާހިކެއްނޫން އަޅުގަނޑުގެ ދޫމައްޗަށް އެ ލަފްޒު ގެންނަންވެސް  الله سُبْحَانَهُ وَتَعَالى ގެޛާތުފުޅާ އަޅުވާފަހުންނަ ސީދާ ކުފުރުގެ ބަހެއް އިނގިރޭސި ބަހުން ބުނަނީ. މީކީ ތޯތޯކޮށް އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މީ އަޅުގަނޑުގެ ދެލޮލުން ފެނި ކަންފަތުން އަޑުއަހާފަހުރި ވާހަކަ. 

އެހެންވީމާ، އެހިސާބުން ރުޤްޔާ ކުރެއްވި ބޭފުޅާ ބަންގި ގޮވާލައްވައިފި. ހަމަ ބަންގި ގޮވުމާއެއްކޮން އެކުއްޖާ ބުނަނީ މިހާރު ޝައިޠާނާ ގޮއްސިއޭ އެގޯޅިތެރެއިން ބޭރަށް މަގުގައޭ މިހާރު ހުރީ ޖިންނި ބަންގި ކޮންޓިނިއު ކުރިވަރަކަށް އެޖިންނި ދުރަށް ޖެހެމުންދެޔޭ. އަދި އަވަސް ރާސްލާފާ އޭތި ހިގައްޖޭ.  

އެހެންވީމާ ބޭފުޅުންނޭ ބަންގިޔަކީ ﷲ ތަޢާލާޔަށް ކުރެވޭ ޛިކުރަކީ ޝައިޠާނާޔަށް  އޮތް ވަރުގަދަ ހަތިޔާރެއް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނޭ ޝައިޠާނާޔާ ދެކޮޅަށް އަޅުގަނޑު މެންނަށް ބޭނުންކުރެވިދާނޭ ވަރުގަދަ ހަތިޔާރެއް އޭގާ ހިފަންޖެހޭ. އެހެންވީމާ މިކަން  އަޅުގަނޑު މެންނަށް  މިސާބިތުވީ މިޙަދީޘް ފުޅުން،މިއޮތީ މިޙަދީޘް ފުޅުގަވެސް ބަންގި ގޮވާލެވިއްޖެއްޔާ ޝައިޠާނާ ދާނޭ އަޑުލައްވަމުން ދުރަށް ހަމަ އެކަންތައް އަޅުގަނޑުމެނަށް ތަޖުރިބާ ކުރެވުނޭ މިދަންނަވާ ދުވަހުގެ އަޅުގަނޑުގެ ލޯ ކުރިމަތީގާ  سبحان الله 

- ޝައިޚް ޢަލީ ޒައިދުގެ ދަރުސް

 

މިއަދު އޮންލައިން