ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗްސައިޑުން 13 ބިމެއް ދިވެހިންނަށް ވިއްކަން ހުޅުވާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗްސައިޑުން 13 ބިމެއް ދިވެހިންނަށް ވިއްކަން ހުޅުވާލައިފި!

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗްސައިޑުން 13 ބިމެއް ދިވެހިންނަށް ވިއްކަން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުންނެވެ. އެގޮތުން 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ 13 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީ ބުންޏެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

 

މިއަދު އޮންލައިން