މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފި

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް ސަރުކާރުން ފަށައިފިއެވެ.

މިމަޝްރޫއަކީ މާލޭގެ މަގުތައް ތާރުއަޅައިގެން އަލުން ހެދުމުގެ މަޝްރޫއު ފެށުން ލަސްވާތީ ފެންބޮޑުވާ މައްސަލައަށް މިވަގުތަށްވެސް ހައްލެއް ހޯދުމަށް ފެށި މަޝްރޫއެކެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ.

މިއަދު ވެސްޓް ޕާކުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސިފައިން ހަރަކާތްތެރިވާ ކޮންމެ ދުވަހަކު ރައީސް އެ ކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

‏މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދު ﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ޢަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

މިއަދު އޮންލައިން