ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ފަށަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ފަށަނީ!

ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް 'އެކްސް' ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އަމިއްލަ ފަރާތެއްގެ އެހީގައި ތިން ބުރިއަށް ޢިމާރާތްކުރެވޭ މިސްކިތެއްކަމަށާއި މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށެވެ.

މި ޕޯސްޓްގައި ޑރ.ޝަހީމް ވަނީ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނެ ގޮތުގެ ކުރެހުމެއްވެސް ދައްކާލައިފައެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ރައީސް ޔާމީންގެ ސަރުކާރުން ނިންމެވީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. އެހެންނަމަވެސް އެ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅައި 2021 ވަނަ އަހަރުގެ އޭޕްރިލް 23 ގައި ވަނީ ހުޅުވާފައެވެ.

މިއަދު އޮންލައިން