ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުޢިއްޒު ދުވެލީގައި: އަބްދުއްރަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުޢިއްޒު ދުވެލީގައި: އަބްދުއްރަހީމް

ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވިޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ "ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދެއްވީމާ އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން،އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ. ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް.ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް" ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު އޮންލައިން