ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީ އަށް 11 ބިލިއަން ރުފިޔާ ލިބިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީ އަށް 11 ބިލިއަން ރުފިޔާ ލިބިއްޖެ!

ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީ އަށް 11 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 11.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.7 ޕަސެންޓް އިތުރުވުމެކެވެ.

ދައުލަތަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 10.7 ބިލިއަން ރުފިޔާ ލިބުނެވެ.

އަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދަށް 9.7 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު ކެޕިޓަލް ޚަރަދަށް 2.8 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

އާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްތަކަށް ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާ އެވެ. ޓެކްސް ޢާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީ އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީ އެވެ.

 

މިއަދު އޮންލައިން