ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 54ސ
ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ

ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް ނިންމައިފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަން ރައީސް އިއުލާންކުރއްވީ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި "ކޮޕް28" ސަމިޓްގައި ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ތިމާވެށީގެ ދުވަހު ފަށާ މި ޕްރޮގްރާމު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ރިސޯޓުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ގަސް އިންދުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި އިންދުމަށް ހަމަޖެހިފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި ހިޔާ ލިބޭ ގަސްތަކާއި މޭވާ އަޅާ ގަހުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސް ތަކެވެ. މި ޕްރޮގްރާމުގެ ދެވަނަ ބައިގައި 90 އަށް ވުރެ ގިނަ އިންދުމަށް ހަމަޖެހިފައިވެ އެވެ.

ދުނިޔޭގައި ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން ފަސްވަނަ ދުވަހެވެ.

މިއަދު އޮންލައިން