މަރުވެފައި އޮތް މީހަކު ބަނޑޭރިކޮށީގެ އެޕާޓްމަންޓަކުން ފެނިއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 28ސ
މަރުވެފައި އޮތް މީހަކު ބަނޑޭރިކޮށީގެ އެޕާޓްމަންޓަކުން ފެނިއްޖެ!

މަރުވެފައި އޮތް މީހަކު ބަނޑޭރިކޮށީގެ އެޕާޓްމަންޓަކުން ފެނިއްޖެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މަރުވެފައި އޮތް މީހާ ފެނުނީ، ދާދި ދެންމެ އަކު ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށިި އެޕަރޓްމެންޓެއް ބަލާ ފާސްކުރަމުންދަނިކޮށްކަމަށެވެ. 

މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރެހެނެއްކަމަށާއި މިއީ ކޮން ޤައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ މީހާ ފެނިފައިވަނީ މީހުން ދިރިނޫޅޭ އެޕާޓްމަންޓަކުންނެވެ.

މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

މިއަދު އޮންލައިން