ދިއްދޫއަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ދިއްދޫއަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއްވެއްޖެ!

ދިއްދޫއަށް ރޭ ބޯކޮށް ބޯކޮށް ވާރޭ ވެހި މީހުން ދިރިއުޅެމުން ދިޔަ ހަ ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މިކަމާގުޅިގެން ދިއްދޫ ކައުންސިލުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ރަށު ފްލެޓު ސަރަހައްދުގައި ހުރި ގެތަކުގެ ޓިނުތައް އުކާލައި، ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ ގެއްލުން ލިބުނު ގޭގޭގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާޢި ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލާއި، ފުލުހުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.

ދިއްދޫއަށް ބޯކޮށް ވާރޭ ވެހި ގެއްލުންތަކެއް ލިބިފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސް ދުވަސްވަރެވެ. 

މިއަދު އޮންލައިން