މަސްވެރިިކަމުގެ ބޭނުމަށް އަޅާފައި ހުންނަ ކަނދުފަތިތަކާއި ގުޅޭގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
މަސްވެރިިކަމުގެ ބޭނުމަށް އަޅާފައި ހުންނަ ކަނދުފަތިތަކާއި ގުޅޭގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި

މަސްވެރިިކަމުގެ ބޭނުމަށް އަޅާފައި ހުންނަ ކަނދުފަތިތަކާއި ގުޅޭގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ މަސްވެރިިކަމުގެ ބޭނުމަށް އަޅާފައި ހުންނަ ކަނދުފަތިތަކާއި ގުޅޭގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމާއި މިޔަރު ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅުމާއި މީގެއިތުރުން ކަޅުބިލަމަހުގެ މަސްވެރިކަމާއި ގުޅޭގޮތުންވެސް މެނޭޖްމަންޓް ޕްރޮސީޖަރއެއް އެކުލަވާލުމަށެވެ.

މީގެއިތުރުން މަސްވެރިކަމަށް ގެއްލުންވާނެ ކަންކަމުން ރައްކާތެރިވެ، ކަނޑުމަހުގެ ސްޓޮކް އަލުން އާލާކޮށް ބެލެހެއްޓުން ރަނގަޅު ކުރުމަށް ސައިންސްގެ މައްޗަށް ބިނާކޮށް މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމާއި އަދި ސަރަހައްދީ ގައުމުތަކުންވެސް ކަނޑުމަހުގެ ސްޓޮކް ދެމެހެއްޓުމަށް ރާއްޖެއިން އަޅާފައިވާފަދަ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރީސޯސަސްގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން