ކޮންމެ ދުވަހަކީވެސް ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ކޮންމެ ދުވަހަކީވެސް ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންފި

ކޮންމެ ދުވަހަކީވެސް ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށް އިޖުތިމާއީ އަދި އާއިލި ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ވަޒީރު އިލްތިމާސްކުރެއްވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ އިތުރުން ކޮންމެ ދުވަހަކީވެސް، ޢާއިލާއަށް އިސްކަންދޭ ދުވަހަކަށް ހެދުމަށާއި އަދި 'ފުރަތަމަ ޢާއިލާ' އަކީ ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަށް ހެދުމަށެވެ.

ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލުމާއި އާއިލީ މީހުންގެ ހާލުބެލުމާއި ދަރިންނާއި، އަނބިން އަދި ފިރިންނަށް ވަގުތުދިނުމަށް އިސްކަންދޭ ބަޔަކަށްވުމަށާއި އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.' 

އެހެންކަމުން ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓައި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި، ކުލުނުވެރި، އަދި އެންމެން އެކުގައި ގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށް ވެސް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން