ފުޑް ކާނިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ފުޑް ކާނިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސްފުޑް ކާނިވަލުގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އަހަރުގެ އިވެންޓް ބާއްވަނީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން ގުޅިގެނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި ކާނިވަލުގައި ބައިވެރިވުމަށް ހުރިހާ ކަލިނަރީ އިނޮވޭޓަރުންނާއި ކާބޯތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވައި ލައިފިއެވެ.

މިކާނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ފަން އެރީނާ، އަދި ތަފާތު ދިވެހި ފަންނާނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތައް ވެސް ހިމެނެއެވެ.

ތިންކް މޯލްޑިވްސްއިން ބުނެފައިވަނީ މި ކާނިވާ މި އަހަރުވެސް ކުރިއަށްގެންދަން ނިންމީ، މީގެކުރިން ހުޅުމާލޭގައި ބޭއްވި ކާނިވަލަށް ލިބިފައިވާ ތަރުހީބު ބޮޑުވުމުން ކަމަށެވެ.

މިއަދު އޮންލައިން