ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ ބަޖެޓު އެކުލަވާލުމާއި ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން މާލީ ވުޒާރާއިން ނެރުނު ސަރކިއުލަރ ގައި ވަނީ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫޢުތައް، ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގެ މަސައްކަތްތައް އެ ވުޒާރާއިން މިހާރު ފަށާފައިވާ ކަމަށެވެ.
2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ޕްރޮގްރާމް ބަޖެޓެއްކަމަށާޢި ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ގޮތުގައި ޕްރޮޕޯސަލްސް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ.