5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ޗައިނާއިން އެހީވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ޗައިނާއިން އެހީވަނީ

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ޗައިނާއިން އެހީވުމުގެ ގޮތުން ޗައިނާއިން ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ސަފީރު ވަންގ ލިޒިން ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށްގެން ދިއުމުގެ ކުރިން ފުޖިއަން ފޮރެސްޓަރީ އެޑްމިނިސްޓްރޭޝަންގެ ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި އަދި އެޓީމުން އައިސް ރާއްޖޭގައި ދިރާސާތަކެއް ކުރާނެކަމަށެވެ. އަދި މި ދިރާސާތަކުގައި ރާއްޖޭގެ ވެލިގަނޑު ދިރާސާކޮށް ރާއްޖޭގައި ފަސޭހައިން ހެއްދޭނީ ކޮންކަހަލަ ގަހެއްތޯ ބަލާ ވުޒާރާއަށް ލަފާ އަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ދުނިޔޭގައި ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކޮޕް 28 ގައި މިދިޔަ އަހަރު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު އޮންލައިން