މާލޭ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް 2.7 މިލިއަން ރުފިޔާއަށް ހައިމަން ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސިޓީ ކައުންސިލުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޑިރެކްޓަރު، މުޙައްމަދު އައިމަންއެވެ.
އާސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2.7 މިލިއަން ރުފިޔާއަށެވެ. މިއީ ހުސްވި އަހަރުގެ ތެރޭގައި ކުރި އިއުލާނެއްގެ ދަށުން އެ ކުންފުންޏާ ހަވާލުުކުރި މަސައްކަތެކެވެ.
މާލޭ ސިޓީ ކައުންސިލުން ސަހަރާ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޚާއްސަ ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއި އެކުގައެވެ.