ކުރިއަށް އޮތް ޗައިނާގެ ޗުއްޓީ ދުވަސްވަރު ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރުވާނެ: ސަފީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ކުރިއަށް އޮތް ޗައިނާގެ ޗުއްޓީ ދުވަސްވަރު ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރުވާނެ: ސަފީރު

ކުރިއަށް އޮތް ޗައިނާގެ ޗުއްޓީ ދުވަސްވަރު ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރުވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ވަންގ ލިޒިން ޗައިނާ އެމްބަސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުރިއަށް އޮތް ޖުލައިމަހާއި އޮގަސްޓްމަހަކީ ޗައިނާގެ ގިނަ ދަރިވަރުންނަށް ސްކޫލް ޗުއްޓީއާ ދިމާވާ ދުވަސްވަރުކަމުން، ޗުއްޓީއާ ދިމާކޮށް ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާނެކަމަށާއި އެގޮތުން ޖުލައި އަދި އޮގަސްޓްމަހު ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް ޗައިނާގެ 87466 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ވެސް ޗައިނާއިންނެވެ. 

މިއަދު އޮންލައިން