ޗައިނާގެ ޔުނާން ޕްރޮވިންސާއި ގުޅިގެން ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރައަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު މޫސާ ޒަމީރާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރާއްޖެއާއި ޗައިނާގެ ޔުނާން ޕްރޮވިންސާއި ގުޅުން ބަދަހިކޮށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ނިޒާމެއް ޤާއިމްކުރުމަށް ވެސް ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައެވެ.
މިބައްދަލުކުރެއްވުމުގައި ވައިސް ޗެއަރ ލީ ޝިއާއޯސަންވަނީ ރާއްޖެއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރައްވާފައެވެ.