ސައްޙަ ނޫން ލިއެކިއުންތައް ހުށަހަޅާތީ ބަންގްލަދޭޝް ލޭބަރުންނަށް ކޯޓާ ދޫކުރުން ހުއްޓާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ސައްޙަ ނޫން ލިއެކިއުންތައް ހުށަހަޅާތީ ބަންގްލަދޭޝް ލޭބަރުންނަށް ކޯޓާ ދޫކުރުން ހުއްޓާލައިފި

ސައްޙަ ނޫން ލިއެކިއުންތައް ހުށަހަޅާތީ ބަންގްލަދޭޝް ލޭބަރުންނަށް ކޯޓާ ދޫކުރުން ހުއްޓާލާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިކަމާގޫލިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ ތަމްރީންލިބިފައި ނުވާ ބަންގްލަދޭޝް މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ހުއްޓާލިތާ މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށާއި ކޯޓާ ދޫކުރުން ހުއްޓާލީ ބައެއް ކުންފުނިތަކުން ސައްޙަ ނޫން ލިއެކިއުންތައް ހުށަހަޅައިގެން މީހުން އެތެރެކުރާކަން ފާހަގަ ކުރެވިގެން ކަމަށެވެ.

ކޯޓާ އަލުން ދޫކުރަން ފަށާނީ ބަލަމުންދާ މިމައްސަލައިގެ ތަހުޤީޤު ނިމުމުންކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން