ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދިނުމަށް ޔޫތް މިނިސްޓްރީން ނިންމަވައިފިއެވެ.
މިކަމާގުޅިގެން ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މިއީ ވަރަށް ގިނަ ޖަމްޢިއްޔާތަކުން އުންމީދު ކުރަމުން އައި ކަމެއް ކަމަށާޢި އެފުރުސަތު ހުޅުވާލެއްވީ އެކަމަށް ވަރަށް ރަނގަޅު އުސޫލެއް ހެދުމަށް ފަހު ކަމަށެވެ.
"ހުށައަޅަން ޖެހެނީ ޕްރޮޕޯސަލް އެއް. ދެން އަޅުގަނޑުމެން އިވެލުއޭޓް ކޮށްފައި، ދެން ގަބޫލު ކުރަންވާނެ އަޅުގަނޑުމެންގެ އަތުގައި މާބޮޑު ބަޖެޓެއް އޮތީކީއެއް ނޫން. ނަމަވެސް އޮތް ވަރަކުން އަޅުގަނޑުމެން މި ބަލަނީ ހުރިހާ ބޭފުޅުންނަށް ވެސް މި އެހީތެރިކަން ދެވޭތޯ" ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މިއެހީ ދިނުމަށް ނިންމަވާފައިވަނީ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.